ޚަބަރު

މާލެ ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.

Ads by Sosun Fihaara

ސިޓީ ކައުންސިލުން ވިދާޅުވީ އެއްލައްކަ ގަސް ޕްރޮގްރާމްގެދަށުން އާންމުންނަށް ގަހާއި ގަސް ކާނާ ގަނެވޭގޮތަށް
‏"މާލެ ފެހި" ނަމުގައި ކާނިވާ ސަރަހައްދުގައި އައުޓްލެޓެއް ހުޅުވާފައިވާ ކަމަށެވެ.

"މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ. މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށާއި، އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަންވެސް ލިބިގެންދާކަމަށެވެ.

މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

"މާލެ ފެހި" އައުޓްލެޓުން 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!