އެޑްވަޓޯރިއަލް

އަތޮޅުތެރޭގެ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ގދ. ތިނަދޫގައި ހުންނަ އެސްޓީއޯ ފާމަސީ

އަތޮޅުތެރޭގައި ހުންނަ އެސްޓީއޯ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން އިއުލާންކޮށްފިއެވެ. 

Ads by Sosun Fihaara

އެސްޓީއޯއިން ވިދާޅުވީ ބ. ކަމަދޫ، ބ. ކުޑަރިކިލު، ކ. މާފުށި އަދި ށ. ބިލެއްފަހީގައި ގާއިމްކުރާ ފާމަސީތައް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ. 

ރަޖިސްޓްރީ ކުރާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ފަރާތަކީ ފާއިތުވިއަހަރުދުވަހުގެ ތެރޭގައި، 200،000.00ރުފިޔާ އަށް ވުރެ ކުޑަ ނޫން އިމާރާތް ކުރުމުގެ މަސައްކަތެއް ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށެވެ. 

ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުން ކަމަށާއި އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

މީގެ އިތުރުން ރެފަރެންސް ސިޓީގައި މަސައްކަތުގެ ތަފްސީލް ނެތްނަމަ، ސިޓީއާ އެކު އެ މަސައްކަތުގެ ސަޕޯޓިންގ ޑޮކިއުމަންޓްސް ހުށަހަޅަންވާނެ ކަމަށާއި އަމިއްލަ ފަރާތްތަކުގެ ނަމުގައިހުށަހަޅާ ސިޓީ ބަލައި ނުގަންނާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. 

 ހުށަހަޅާފައިވާ ސިޓީ އާއި ސަޕޯޓިންގ ޑޮކިއުމަންޓްސް ތަކުން މަސައްކަތުގެ ތަފްސީލު އަދި މަސައްކަތް ނިންމި ގޮތް ސާފުކޮށް އެނގެން ނެތްނަމަ އެސިޓީ ބަލައިނުގަތުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވެއެވެ.

ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޯބަރ 2022 ވަނަ ދުވަހު 1100 ގެ ކުރިން، tenders.sto.mvއަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!