ދުނިޔެ

ފިޔޮއްތަކެއް ޖީބަށް ލައިގެން އުޅޭ މި ކުދިންތަކަށް ގިނަ ބައެއްގެ ސަމާލުކަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުޑަކުދިން ކުޅޭ ސާމާނު ހިފައިގެން އުޅޭ މަންޒަރަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ނަމަވެސް އިންޓަނެޓުގައި މިހާރު ވައިރަލްވެފައިވާ މިވީޑިއޯ ގައި ދައްކުވައިދެނީ ކުޑަ ކުދިންތަކެއް ފިޔޮއް ތަކެއް ޖީބަށް ލައިގެން އުޅޭ ތަނެވެ.

Ads by Sosun Fihaara

މި ވީޑިއޯގައި ދައްކުވައިދެނީ ތިން ކުޑަކުދިން މަގެއްގެ މަތީގައި ހިނގާފައިދާ މަންޒަރެވެ. އެކުދިން ހިނގާފައި ދަނިކޮށް މި ވީޑިއޯ ކުރި މީހާ އެ ކުދިންނަށް ގޮވާހުއްޓުވާ މަންޒަރު ފެނިގެންދެއެވެ.

އެމީހާ އެކުދިންގެ ގާތުގައި އެކުދިންގެ ޖީބު ހުސްކޮށް ދައްކާލުމަށް ބުނެއެވެ. އަދި އެކުދިންގެ ގާތުގައި އެހެން ބުނުމުން ފިޔޮކެއް ޖީބުން ނަގައި ދައްކާލާތަން ފެނިގެން ދެއެެވެ.

އަދި ހަމަ އެހެންމެ އެ ކުއްޖާގެ ގާތުގައި ތިބި އަނެއް ދެކުދިން ވެސް ފިޔޮކެއް ޖީބުން ނަގައި ދައްކާތަން މި ވީޑިއޯ އިން ފެނެއެވެ. މި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ އަފްގާނިސްތާނުގެ ހިސާބު ޓީޗަރެކެވެ.

އެ ވީޑިއޯ ކުރި މީހާ ވަނީ އެކުދިން ދިއުމަށް ފުރުސަތު ދީފައެވެ. މި ވީޑިއޯއިން ގިނަ ބަޔަކަށް ފާހަގަވި ކަމަކީ ރެޑް ހޭންޑްކޮށް އެ ކުދިން ހިފުމުން އެ ކުދިންގެ މޫނުމަތިން ފެނުނު މައުސޫމު ކަމެވެ.. އަދި އެ ވީޑިއޯކިއުޓްކަމުގައި ބުނެ ގިނަ ބަޔަކު ވަނީ މި ވީޑިއޯ ހިއްސާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!