ޚަބަރު އިޖުތިމާޢީ

ޝިއާގެ މަރު: ކުރިއަށް އޮތް ދެ ހަފުތާތެރޭ ދަޢުވާކުރަން ފޮނުވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝިއާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ .ޝާހިލް (23 އ)

ހ.ޝީރީންވިލާގެ 09 ވަނަ ފަންގިފިލާގައި އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤު މުޅިން ފުރިހަމަކޮށް ކުރިއަށް މި އޮތް ދެ ހަފުތާތެރޭ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

ޏ.ފުވައްމުލަކު/ކުރި، ޝިއާއު ( 22 އ) މަރައިލީ މިދިޔަ އޮގަސްޓު 06 ވަނަ ދުވަހުގެ ރޭގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23 އ) ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ މައްސަލައާ ގުޅިގެން އެކިއެކި މަޢުލޫމާތުތައް ހޯދުމަށް މިހާތަނަށް 45 މީހުންނާ ސުވާލުކުރެވިފައިވާ ކަަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފޫޓޭޖުތައް ދިރާސާ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ ޝާހިލްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި, ފޯނު ހުޅުވައި ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!