އެޑްވަޓޯރިއަލް

އެސްޓީއޯއިން "ހެއްޔާ މަކިޓާ" ޕްރޮމޯޝަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސްޓީއޯއިން ހެއްޔާ މަކިޓާ ޕްރޮމޯޝަން ފަށައިފިއެވެ.

Ads by Sosun Fihaara

މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯގެ މަކިޓާ ޝޯވ ރޫމްގައެވެ.

އެސްޓީއޯއިން ވިދާޅުވީ މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން %30އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި މިޕްރޮމޯޝަންގެ ދަށުން އެއް މަސް ދުވަހުގެ މުއްދަތަށް "ހެއްޔާ މަކިޓާ މުބާރާތް 2022"ގެ ނަމުގައި މުބާރާތެއް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

ހެއްޔާ މަކިޓާ މުބާރާތަކީ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހި މަސައްކަތްތެރިންގެ ފަންނުވެރިކަން، ވާދަވެރި މާހައުލެއްގައި އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް، ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތުގެ މަޤްސަދަކީ ވަޑާން މަސައްކަތުގެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއަށް ނެރެދީ، އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލެވޭނެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމަށް މިމަހުގެ 23 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމްއިންނާއި އެސްޓީއޯ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިމުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށަހެޅުމަށް އެއް މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ރަޖިސްޓްރޭޝަން ފޯމް ވައިބާ ނަންބަރު 7980240،  އީމެއިލް [email protected]، ނުވަތަ އެސްޓީއޯ މަކީޓާ ޝޯރޫމް ކައުންޓަރުން ވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ

މިމުބާރާތުގައި ބައިވެރިކުރުމަށް ހުށަހަޅާ ތަކެތި ފަރުމާކުރެވިފައި ހުންނަންވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓުއަށެވެ. އަދި ބައިވެރިކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނައަށްދާ ފަރާތަކަށް 50000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ދެވަނަ އިނާމަކަށް 30000ރގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބޭއިރު، 3 ވަނަ އިނާމްއަކަށް 15000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ލިބޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!