އެޑްވަޓޯރިއަލް

އާ އުފެއްދުންތަކާ އެކު އެސްޓީއޯ މަކިޓާ ނައިޓް ބާއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: މިހާރު

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ މަކީޓާ ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކެއް ތައާރަފުކޮށް "މަކީޓާ ނައިޓު" ގެ ނަމުގައި ހަފްލާއެއް ބާއްވައިފިއެވެ.

Ads by STELCO

މަކީޓާއިން އަލަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ބެޓެރިން ބޭނުންކުރެވޭ ފެން ހޫނުކުރާ ޖަގާއި، ބްލޫޓޫތު ސްޕީކަރު ފަދަ ތަކެތި ހިމެނެ އެވެ. އަދި ގަސް ކޮށާ ކަޓަރާއި، ކަރަންޓު ކީހާއި، ޓިނު ކަޓަރު ފަދަ ތަކެތި ހިމެނެއެވެ.

މި އިވެންޓުގެ ތެރެއިން މަކިޓާގެ ޕްރޮޑަކްޓުތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި އެސްޓީއޯގެ މުވައްޒަފުންނާއި މަކިޓާގެ ސަޕްލަޔަރުންނާއި ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުންވެސް މި އިވެންޓުގައި ވަނީ ބައިވެރިވެފައެވެ.

ރޭ ބޭއްވި އިވެންޓުގައި “މަކިޓާ” ކުންފުނި އުފެދިގެން އައި ގޮތާއި، އެކުންފުނީގެ އުފެއްދުންތަކުގެ ތަފްސީލުތައް ޕްރެޒެންޓޭޝަނއްގެ ޒަރިއްޔާއިން ހިއްސާކޮށްފައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!