ޚަބަރު ޝަރުޢީ ދާއިރާ

ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެޖިސްޓްރޭޓް އަޙްމަދު ނިޝާރު. ފޮޓޯ: ޖޭއެސްސީ

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިޝާރު ސަސްޕެންޑްކޮށްފިއެވެ.

Ads by Sosun Fihaara

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މެޖިސްޓްރޭޓް ނިޝާރު އައްޔަން ކުރެވިފައިވާ ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައިވަނީ, އޭނާއާ ހަވާލުކުރެވިފައިވާ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށްކަން ކަމާބެހޭ ލިޔެކިއުމުންނާއި, އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އަދި އެކަމުގައި އޭނާ ޢަމަލުކޮށްފައިވަނީ ހަވާލުކުރެވިފައިވާ ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ނިޝާރުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލަކަށްވާތީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ފެންނަކަމަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 73 ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!