އެޑްވަޓޯރިއަލް ވިޔަފާރި

އެސްޓީއޯއިން "އަންކަރާ ނައިޓް" ބާއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން "އަންކަރާ ނައިޓް"ގެ ނަމުގައި ބްރޭންޑް ޕްރޮމޯޓުކުރުމުގެ ހަފްލާއެއް ކުރިއަށްގެންގޮސްފިއެވެ.

Ads by STELCO

މި އިވެންޓް ބާއްވައިފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ ހައި ސްކޫލުގައި އޮތް އެ ހަފްލާ އޮތީ ރޭ 20:30 އިން 22:30 އަށެވެ.

“އަންކަރާ”އަކީ ތުރުކީގެ ނަން މަޝްހޫރު ޕާސްތާ ބްރޭންޑެެކެވެ. އެ އިވެންޓިގައި އަންކަރާ ބްރޭންޑުގެ މަޢުލޫމާތާއި، އެ ޕާސްތާ ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ޕާސްތާ ރެސިޕީތަކް އާންމުންނާ ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން އަންކާރާ ޕާސްތާގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތުވެސް ދީފައިވެއެވެ.

އަންކަރާ ބްރޭންޑުގެ ޕާސްތާއަކީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް މާކެޓުކުރާ ބްރޭންޑެެކެވެ. މި ބްރޭންޑްގެ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!