ޚަބަރު

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.

Ads by MWSC

ފުލުހުން ބުނީ ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:45 ހާއިރު ކަމަށާއި މި ހާދިސާގައި ބިދޭސީއަކު ފިހިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފިހުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް މާލެ ގެނެސްފައިވާ ކަމަށާއި އިތުރު މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

ލޯންޗުގައި ރޯވެފައިވާ އަލިފާން ސިފައިންގެ އެހީތެރިކަމާއެކު ނިއްވާލާފައިވާއިރު، އެ ލޯންޗުން ބައެއް ވަނީ އަދާފައެވެ. އަދި ފަޅުގައި އޮތް އިތުރު އުޅަދަކަށް އަލިފާނުގެ އަސަރު ކޮށްފއިވާ ކަމަށް ސިފައިން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!