ލައިފްސްޓައިލް

ނިދިން ހޭލެވޭއިރު އެއްވެސް ހަރަކާތެއް ނުކުރެވޭނަމަ ބިރުގަނޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިދިން ހޭލެވޭއިރު ބައެއް ފަހަރު އެއްވެސް ހަރަކާތެއް ނުކުރެވި އޮތުމަކީ އާއްމުކޮށް ވަރަށް ގިނަ ފަރާތްތަކަށް ދިމާވާ ކަމެކެވެ. މިކަން އާއްމުކޮށް ދަންވަރުގަޑީގައި ދިމާވުމަކީ، ގިނަ މީހުން އިންތިހާއަށް ހިތް ބިރު ވެސް ގަންނަ ކަމެކެވެ.

Ads by STELCO

ނިދީގައި އޮވެ ހޭލެވުމުން އަތްފައި ގުޑުވާ ނުލެވިފައި ބައެއް ފަހަރު އޮންނަން ޖެހެއެވެ. އަދި ކައިރީގައި މީހަކު ހުރިހެން ވެސް ބައެއްފަހަރު ހީވާނެއެވެ. މިއީ ނަފްސާނީ ގޮތުން ހިތަށް ވަރަށް ބިރުވެރިކަން ގެނުވާ ކަމެކެވެ.

ނިދުމާއި ބެހޭގޮތުން ދިރާސާކުރި ސައިންޓިސްޓުން 2011 ވަނަ އަހަރު "ސްލީޕް އެނަލިސިސް" ގައި ޝާއިއު ކޮށްފައި ވަނީ، ދަންވަރު މިފަދައިން ހޭލެވި އެއްވެސް ހަރަކާތެއް ނުކުރެވި އޮތުމަކީ "ސްލީޕް ޕެރެލައިސިސް" (ނިދީގައި އޮވެ ވާގިނެތުން) ކަމަށެވެ. މިކަމާއި ބެހޭ ގޮތުން އެބޭފުޅުން އިތުރަށް ބުނެފައިވަނީ، ސްލީޕް ޕެރެލައިސިސް ވެފައި އޮންނަ ވަގުތު އިންސާނާ އޮންނަނީ ދެބައިކުޅަ އެއްބައި ހޭލާ ކަމަށާއި އަނެއްބައި އޮންނާނީ ނިދާފައި ކަމަށެވެ. އެކި އެއްޗެހި ފެންނަހެން ހީވަނީ އެހެން ވެގެން ކަމަށް ވެސް އެބޭފުޅުން ބުނެފައިވެއެވެ.

ނަމަވެސް ސްލީޕް ޕެރެލައިސިސް އަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ވެސް ސިއްޙީ ގޮތުން ދިމާވާ ކަމެއްކަމަށް ކަމާ ބެހޭ މާހިރުން ވަނީ ބުނެފައެވެ. އެބޭފުޅުން ބުނި ގޮތުގައި، އާއްމުކޮށް މިކަން ދިމާވަނީ ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ މީހުންނަށާއި މާބޮޑަށް ކަންތައްތަކާއި ވިސްނާ ފިކުރުކުރާ މީހުންނަށެވެ.

އެމެރިކަން އެކެޑެމީ އޮފް ސްލީޕް މެޑިސިން އިން ބުނި ގޮތުގައި ސްލީޕް ޕެރެލައިސިސް އެންމެ ފުރަތަމަ ޖެހެނީ އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގައެވެ. އަދި މިކަމަކީ ބައެއް އަންހެނުންނާއި ފިރިހެނުންނަށް ވެސް ދިމާވާ ކަމެކެވެ.

ސްލީޕް ޕެރެލައިސިސް ޖެހުމުން ދިމާވާ ބައެއް ކަންތައްތަކަކީ، ކުރިން ވެސް ބުނި ފަދައިން އަތްފައި ހަރަކާތް ނުކުރެވުމާއި، ކައިރީގައި މީހަކު ހުރިހެން ހީވުމުގެ އިތުރުން ނޭވާލާން ވެސް އުނދަގޫ ވުމެވެ.
މިކަމަށް އޮތް ޙައްލެއްގެ ގޮތުގައި ކަމާއިބެހޭ މާހިރުން އިރުޝާދު ދީފައިވަނީ، ކަންކަމާއި މާބޮޑަށް ފިކުރު ނުކުރުމަށާއި ތިމާގެ ސިކުނޑިއަށް ކޮންމެ ވެސް ވަރެއްގެ އަރާމާއި ލުއިކަމެއް ދިނުމަށެވެ. މާބޮޑަށް ވިސްނަންޖެހޭ ކަމަކާއި ދިމާވުމުން، ތިމާ ހިތްހަމަ ޖެހޭނެ ކަހަލަ ނުވަތަ ހިތް އުފާވާނެ ކަހަލަ ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެބޭފުޅުން ލަފާ ދެއްވައެވެ.

Ads by Ooredoo
  1. ޠޔގގފރ

    އަދިވެސް ތި ކަމާ ގުޅޭ މައުލޫމާތު ގެނެސް ދެއްޗޭ. ތީ ވަރަށް މައުލޫމާތު ބޭނުންވާ ކަމެއް

  2. ޏާނި

    އަކުރުތައް ފުށު އަރާފަ ހުރީމަ ކިޔަން އުދަގޫވެ……

  3. އައިންތު

    ތިޔަ ލިޔުން ކޮންޅު ވަރަ ށ ްް ރީތ ިި ކޮން އަދި އެއްފަހަރުގެނެސ ްދެވިދާނެތައް

  4. ޞޮދޫ

    ވަރަށް ބޭނުން އިތުރު މައުލޫމާތު

  5. އީން

    އަދިވެސް އިތުރު މައުލޫމާތު ބޭނުން ތިކަމުގަ…..