އެޑްވަޓޯރިއަލް ވިޔަފާރި

މަކިޓާ ޕަވަރ ޓޫލްސް ބޭނުންކޮށްގެން ހުނަރު ދައްކާލުމަށް ރަޖިސްޓަރ ވުމުގެ ސުންގަޑި އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަކިޓާ ޕަވަރ ޓޫލްސް ބޭނުންކޮށްގެން ހުނަރު ދައްކާލުމުގެ މުބާރާތައް ރަޖިސްޓަރ ވުމުގެ ސުންގަޑި އިތުރުކޮށްފިއެެވެ.

Ads by STELCO

އެސްޓީއޯއިން ވިދާޅުވީ މި މުބާރާތައް ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 30ވަނަ ދުވަހާ ހަމަޔަށް ހުޅުވާފައިވާ ކަމަށެވެ. ރަޖިސްޓްރީ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިމުބާރާތަކި މަކިޓާ ޕަވަރ ޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެކެވެ. މިއީ ހެއްޔާ މަކިޓާ ޕްރޮމޯޝަންް އާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވައިލެވިފައިވަނީ މުޅި ރާއްޖެއަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
މިބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަރ ޓޫލްސް ބޭނުން ކޮށްގެންނެވެ. އެ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށެވެ. ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެއެވެ.

މި މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށަހަޅަންވާނެއެވެ. މި ވީޑިއޯގައި މަކިޓާ
ޕަވަރ ޓޫލްސް ބޭނުންކުރާތަން ފެނިގެންދާންޖެހޭނެއެވެ. އެ ވީޑިއޯ 1080 ޕީ ކޮލިޓީގެ އެޗްޑީއަށް ވުރެ ދަށްވެގެން ނުވާނެއެވެ.

މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް ލިބިގެންދާނެއެވެ. ދެވަނައަށް 30،000 ރުފިޔާގެ މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެއް އަދި ތިންވަނައަށް 15،000 ރުފިޔާގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!