ޚަބަރު

ޕީޕީއެމް ޖަލްސާއަށް ހޫނު ތަރުހީބެއް، ގޮނޑިތައް ފުރިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޕީޕީއެމް ފަރާތުން ކައުންސިލް އިންތިޚާބު ކެމްޕެއިން ފެށުމުގެ ގޮތުން ކާނިވަލް ސަރަހައްދުގައި ޕްރޮގްރެސިވް ޕާޓީން ބާއްވާ ޖަލްސާ ފެށުމުގެ ކުރިން ހުރިހާ ގޮނޑިތަކެއް ފުރިއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ ކެޑިޑޭޓުންގެ ކެމްޕެއިން ފެށުމުގެ ގޮތުން މިރޭ ބާއްވާ ޖަލްސާއަކީ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ޖަލްސާއެއް ކަމުގައި އެޕާޓީން ބުނެފައިވެއެވެ. އެގޮތުން މިޖަލްސާގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމުން ނެރޭ މެނިފެސްޓޯވެސް ހުށަހަޅާނެ ކަމުގައި އެޕާޓީން މަޢުލޫމާތު ދީފައިވެއެވެ.

ޕީޕީއެމްގެ ފަރާތުން މިރޭ ކެމްޕެއިން ރަސްމީކޮށް ފަށާއިރު، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.

ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އައްޑޫ ސިޓީއަށަ ވާދަ ކުރަނީ މުހައްމަދު ލަޠީފުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!