ޚަބަރު

24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ދެމި ހުންނާނަން: ނިމާލް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް އިންތިހާބުގައި ކ. އަތޮޅު ރައީސް ކަމަށް އިންތިހާބު ކޮށްދީފި ނަމަ 24 ގަޑައިރު ރައްޔިތުންގެ ހިދުމަތުގައި ދެމި ހުންނާނެ ކަމަށް އެ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅު ޕީޕީއެމް އިން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށަން މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ވިދާޅުވީ ޕީޕީއެމް ޕްރައިމަރީގައި ރައްޔިތުން އޭނާ އަށް ދެއްވީ ނިމާލް އަކަށްވީމަކާ ނޫން ކަމަށާއި އޭނާ އަށް ވޯޓު ދެއްވީ ރާއްޖޭގެ ގައިމިއްޔަުގެ ރުކުންތައް ދިފާއު ކޮށް ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށާއި ރައްޔިތުންނަށް ތަރައްގީގެ އާ ސޮފްހާތަކެއް ހުޅުވާލުމުގެ މަގްސަދުގައި ކަމަށެވެ.

"ޕީޕީއެމް ޕްރައިމަރީގައި އަޅުގަނޑު މާލެ އަތޮޅުގެ ނުވަ ރަށަށް ދަތުރު ކުރީމު، ކާށިދޫން ކަނޑުން ނަގަމުންދިޔަ ބިޔަ ރާޅުތަކުން ކިޔައިދިން ވާހަކަތައްއަޑު އެހީމު، ގުރައިދޫގެ ހިތްގައިމު ގޮނޑު ދޮަށަށް ބީއްސަމުން ދިޔަ ހިތްގައިމު މިޔުޒިކީ ރާޅުތަކުގެ ވާހަކަ އަޅުގަނޑު އަޑު އެހީމު. ނުވަ ރަށުގެ ރައްޔިތުންގެ އިހްސާސްތަކުގެ ވާހަކަ އަޑު އެހީމު. އެކަނިވެރިމައިންނާއި ބޯހިޔާވައި ކަމުގެ ދަތިކަމުގެ ވާހަކަ އަޑު އެހީމު. ކުޑަ ކުދިންނަށް ދިމާވެފައި ހިތްދަތި ވާހަކަތަކުގެ އަޑު އެހީމު. ޒުވާނުންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އަޑު އެހީމު." ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ކ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވީ އެއްވެސް ޖިންސަކަށް އެއްވެސް ނަސްލަކަށް ނުބަލާ، ހަމަހަމަކަން މަތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. ނިމާލް ވިދާޅުވީ އިންތިހާބުގައި އޭނާ ހޮވައިދީފި ނަމަ، ހުވާ ކުރާ ވަގުތުން ފެށިގެން މާލެ އަތޮޅުގެ ތަރައްގީގެ އާ ސަފްހާއެއް ލިޔެދިނުމުގެ މަސައްކަތް ފަށާނެގާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

"އަޅުގަނޑު އިންތިހާބު ވެއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ތެެރޭ ދިވެހި ގައުމީ ތަށި މާލެ އަތޮޅުގެ ކޮންމެވެސް ރަށަކަށް ގެންގޮސް އެ ބޭފުޅުންނަށް ފުޓުބޯޅައިގެ ހިނިތުންވުން ގެނެސްދޭނަން. އަދި ވީދިފައިވާ އިޖްތިމާއީ ފޭރާން އެއްބައި ކުރިމުގެ މަސައްކަތް އަޅުގަނޑު ފަށައިގަންނާނަން." ނިމާލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!