ޚަބަރު

200 ބައިވެރިންނާއެކު ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމް ބާއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގައި ބޭއްވި ހެލަތްކެއާ ވޯކަރުންގެ ފުރަތަމަ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމް, ޕޮއިންޓް އޮފް ކެއާ ކޮލިޓީ އިމްޕްރޫވްމަންޓް ނިންމާލައިފިއެވެ.

Ads by STELCO

2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ އެކި ސިއްހީ ހިދުމަތްދޭ ތަންތަނުން 200 އަށްވުރެ ގިނަ، ދިވެހި ސިއްހީ ހިދުމަތްތެރިން ބައިވެރިވެފައިވެއެވެ.

މި ވޯކްޝޮޕްގައި ކްލާސްތައް ނަންގަވާދީފައިވަނީ، އިންޑިއާ ސަރުކާރުގެ ސީނިއާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި ރީޖަނަލް މެންޓާސް ފޯ ކޮލިޓީ އިމްޕްރޫވްމަންޓް ހިމެނޭ ގޮތަށް އިންޑިއާގެ "ނޭޝަންވައިޑް ކޮލިޓީ އޮފް ކެއާ ނެޓްވޯކް (އެންކިއުއޯސީއެން)" ގެ 20 ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.

އެންކިއުއޯސީއެންއަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮލިޓީ އިމްޕްރޫވްމަންޓް އިނީޝިއޭޓިވްސްގައި މަސައްކަތްކުރާ ޓީމުތަކުން އުފައްދާފައިވާ ވޮލަންޓަރީ ނެޓްވޯކެކެވެ.

އެންކިއުއޯސީއެން އިންޑިއާ ޓީމުގައި އިސްކޮށް ހުންނެވީ ނިއު ދިއްލީގެ އެލްއެޗްއެމްސީގެ ޑިޕާޓްމަންޓް އޮފް ނިއޯނެޓޮލޮޖީގެ ޑިރެކްޓަރު ޕްރޮފެސަރު އަދި އެންކިއުއޯސީއެން އިންޑިއާގެ ރައީސް ޕްރޮފެސަރު (ޑރ) ވިކްރަމް ދައްތާއެވެ.ޑަބްލިއުއެޗްއޯ މޯލްޑިވްސް އާއި ޑަބްލިއުއެޗްއޯގެ ސީރޯ ނިއު ދިއްލީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ޔުނިޓްތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ޤާބިލުކަން އިތުރު ކުރުމަށް މައުލޫމާތު ވަނީ ދީފައެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ކޮލިޓީ ޑިވިޝަނާއި އިންޑިއާގެ އެންކިއުއޯސީއެން މެންޓަރިން ޓީމާ ގުޅިގެން މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ. އެގޮތުން 2022-2023 ވަނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް އަދި އޮންސައިޓް މެންޓަރިންގ އަދި ހޭންޑްހޯލްޑިންގ ސެޝަންތައް ރާއްޖޭގެ ބައިވެރިންނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ރިމޯޓް އައިލެންޑް ފެސިލިޓީތަކަށް ބޭނުންވާ ތަޖުރިބާ ޙިއްޞާކުރުމުގެ ސެޝަންތަކާއި އޮން-ސައިޓް މެންޓަރިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!