ޚަބަރު

އިދިކޮޅު ޖަލްސާ ފެނި މުސްތަފާގެ ބަސް: އަންތަރީސްވެއްޖެ! އެނގެން މިއަދަނީ ހާލަތު ބަދަލުވަމުން އަންނަ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ލޯންޗު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ފެނި ކުރީގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކޮއަންތަރީސް ވެއްޖެއެވެ.

Ads by Sosun Fihaara

ޕީޕީއެމްއިން މިރޭ ކުރިއަށްދާ ޖަލްސާގައި އެޕާޓީން ޖެހި ހުރިހާ ގޮޑިއެއް ފުރިފައިވާ އިރު އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެއެވެ. ޕީޕީއެމްއިން ބުނީ ޖަލްސާ ފެށުމުގެ ބައިގަޑި އިރު ކުރިން ގޮޑިތައް ފުރިފައިވާ ކަމަށެވެ.

މިކަމަށް އިޝާރާތްކުރައްވާ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޖަލްސާ ފެނި ހައިރާންވެ އަންތަރީސް ވެއްޖެ ކަމަށެވެ.

"އަދި މިއުޅެނީ މި ވެރިކަމަށް ދޮޅު އަހަރު ނުފުރިގެން. އެނގިގެން މިދަނީ ހާލަތު ބަދަލުވަމުންދާ އަންނަ ގޮތް. ބޮޑު އިމްތިހާނެއް." މުސްތަފާ ވިދާޅުވިއެވެ.

ޕީޕީއެމް ޖަލްސާއަށް ގިނަ ބަޔަކު މިރޭ ނިކުމެފައިވާ އިރު އެމްޑީޕީން ކައުންސިލް އިންތިހާބު ރަސްމީކޮށް ފެށުމަށް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ބައިވެރިވީ މީހުން މަދުކަމުން އެޕާޓީއަށް ދަނީ ގިނަ ފާޑު ކިއުން އަމާޒުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!