ދުނިޔެ

އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އަވަހަށް އަންނާނެ: އިނގިރޭސިވިލާތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއާ އެކު މިނިވަން ވިޔަފާރީގެ  ޖޭމްސް ކްލެވާލީއެއްބަސްވުމެއް އެކުލަވާލަން ބާއްވާ މަޝްވަރާއަށް އެ ޤައުމުން ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު އެސް ޖައިޝަންކަރާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު ޖޭމްސް ކްލެވާލީ ވިދާޅުވީ، މި ހަފުތާގައި އިންޑިއާގެ ނަސްލުގެ އިނގިރޭސިވިލާތުގެ ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި ރިޝީ ސުނަކްގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އިނގިރޭސި ހައިކޮމިޝަނަރުގެ ގެކޮޅުގައި ދެއްވި އިންޓަވިއުއެއްގައި ކްލެވާލީ ވިދާޅުވީ، ޖައިޝަންކަރާއެކު ބޭއްވެވި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ގޮތުން ވަރަށް މުހިންމު ބައެއް ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އިތުރުން ބައިލެޓަރަލް ޕާޓްނާޝިޕްގެ ހަރުދަނާކަމާއި އިންޑިއާއާ އެކު އިތުރަށް ގާތުން މަސައްކަތް ކުރުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ވަރަށް ރަނގަޅު ފުރުސަތެއް ލިބުނު ކަމަށެވެ.

ހޯމަ ދުވަހުގެ ދިވާލީއާ ސޮއިކުރާނެ ކަމަށް އުއްމީދު ކުރެއްވި ވިޔަފާރީގެ އެއްބަސްވުން ހިފަހައްޓަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި މިއަހަރު އެކަން ފައިނަލް ކުރެވިދާނެކަމެއް ނުވަތަ ނޫންކަން ހާމަކުރަން ވެސް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް އެކަމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!