ޚަބަރު

ވައްޑެގެ ރައްދު ރޮޒެއިނާއަށް: އެމްޑީޕީގައި ފެކްޝަނެއް ނެތް، އޮތީ 2013ގައި ޖެހުނު މުސީބާތެއް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްޑީޕީގައި ޕީޕީއެމްގެ ފެކްޝަނެއް އުފެދިފައިވާކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކައަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

މިއަދު ރޮޒައިނާ ކުރެއްވި ވިދާޅުވީ، އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމަށާއި، އެފެކްޝަނުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަކީ މިހާރު ފޮރުވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ އެމްޑީޕީތެރޭ އޮތީ ފެކްޝަނެއް ނޫން ކަމަށާއި، ކުޑަވަރެއްގެ މުސީބާތެއް ކަމަށެވެ. އެ މުސީބާތް އެމްޑީޕީ ތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިހާބު ފަހުބުރުގައި ކަމަށާއި، އޭރުވެސް ”މިޕާޓީގެ ދުވަސް ދުއްވާލާނޭ“ އެމްޑީޕީ ބައެއް މެމްބަރުން ކިޔާތީ އަޑު އެހި ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދެމެދު ސިޔާސީ ގޮތުން ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައެވެ. ފަހަކަށް އައިސް ރޮޒެއިނާ ފާހަގަކުރެވެނީ ރައީސް ޞާލިޙްގެ ސަރުކާރު ދިފާއުކޮށް، ރައީސް ނަޝީދަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔާ އެއް މެމްބަރުގެ ގޮތުގައެވެ.

Ads by HDC
  1. މުޖުތާޒު

    ޜޮޒޭނާމެން ލަދުގަންނަންޖެހޭނެ ޕީޕީއެމޭ ކިޔާފަ އަގަހުޅުވަން އަދި އަންނިޔާދިމާލަށް އެއްޗެތި ކިޔަން އަހަރެންމީ އެހުރިހާ މަންޒަރެއް ދެކުނުމީހެއް