ބަގީއާއެކު މޫދަށް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ
ބ.އަތޮޅު ރިސޯޓެއްގައި ބަގީއާއެކު މޫދަށް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ މޮރޮކޯގެ އަންހެނަކަށް ކަމަށެވެ. އޭނާ އަކީ އެ ރިސޯޓުގެ މުވައްޒަފެކެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަނިޔާ ލިބުނު އަންހެން މީހާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Ads by Allied Insurance