ޚަބަރު

ދިރާގުގެ މައްސަލައެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް

ދެން އެމްވީ ، ދެން އޮންލައިން

ދިރާގު ގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށައެޅުމަށް އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ނިންމަވައިފިއެވެ.

Ads by STELCO

ދިރާގުގެ މައްސަލަ މަޖިލީހާ ހަމައަށް ގެންނަން ހަމީދު ނިންމެވީ، ދެކުނު އޭޝިޔާގެ މިސަރަހައްދުގައި އިންޓަނެޓްގެ ޚިދުމަތް އެންމެ އަގުބޮޑުކޮށް ދޭތީ އެވެ. އެހާ އަގުބޮޑު ޚިދުމަތެއް ދޭއިރު ވެސް ދިރާގަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ނުދެވޭކަން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޚިދުމަތް ދޭ އިރު ދިރާގުން މަކަރާ ހީލަތް ހަދާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެވާހަކަ އެތައް ބަޔަކު ދައްކަމުން އަންނަ އިރު ވެސް ސަރުކާރުން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ނުކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮކޮށް ހިދުމަތުގެ ފެންވަރު މަތި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު ސަރުކާރުން އިއުލާން ކުރި ސްޓެރެޓެޖިކް އެކްޝަން ޕްލޭން (އެސްއައިޕީ) ގައިވާ ގޮތުން އިންޓަނެޓް އަގު ތިރި ކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ތާރީހަކީ 2021 ވަނަ އަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!