ޚަބަރު

ދެ ރަށެއްގައި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މީގެ ކުރިން ބޭއްވި ބައި-އިލެކްޝަނެއްގެ ތެރެއިން--

ދެރަށެއްގެ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިގެން އެބަ ކުރިއަށް ދެއެވެ.

Ads by MWSC

މި އިންތިޚާބުތައް މި ބާއްވަނީ، ނ.މަގޫދޫގެ ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރުމަށާއި، ލ.ކަލައިދޫ ޑަބްލިޔުޑީސީއަށް މެމްބަރަކު ހޮވުމުގެ ގޮތުންނެވެ.

މި ދެ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު، ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މި ދެ އިންތިޚާބުގެ ވޯޓު ފޮށިތައް، މާލޭގެ އިމާދުއްދީން ސްކޫލުގައިވެސް ވަނީ ބަހައްޓައިފައެވެ.

ޑަބްލިޔުޑީސީތަކުގެ ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަމުން އަންނައިރު، ލާމަރުކަޒީ ޤާނޫނުގެ 56 ވަނަ މާއްދާގެ 6 ގެ (އ) ގައި ބުނާގޮތުން ޑަބްލިއުޑީސީން މެންބަރެއްގެ މަޤާމު ހުސްވެއްޖެނަމަ، 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގަން ވާނެއެވެ.

އެކަން އަންގާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ޑަބްލިއުޑީސީއަކަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ. އަވަސް އަވަހަށް ޑަބްލިއުޑީސީ ތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހިފައި ވަނީ އެ ކޮމިޓީތަކަށް އިންތިހާބުވާ ފަރާތްތައް އިސްތިއުފާދޭތީއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!