ޚަބަރު

ކޮރޯނާ ވައިރަސް ފެތުރޭތީ ސަރުކާރުން ކަންބޮޑުވާތަނެއް ނުފެނޭ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދާށް ކުރަމުންދާ ކަމަށާއި ނަމަވެސް ދިވެހި ސަރުކާރުން އެކަމާ މެދު ކަންބޮޑުވާތަން ނުފެންނަކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮރޯނާ ވައިރަސްގެ އަސަރު އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ގޮތުން ފިޔަވާޅު އެޅުމަށް މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ "މިއީ މަގޭ ރާއްޖެ" ގެ ޝިއާރުގެ ދަށުން ޕީޕީއެމްގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިިދާޅުވީ ޕީޕީއެމްގެ ޖަލްސާ ބާއްވަން ނިންމުމުން މީހުންއެއްވެގެން ކުރާ ކަންތައް ނުކުރުމަށް އެންގި ކަމަށާއި، އެކަމަކު މާލޭ ސިޓީ އިން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަންވުމުން ކޮރޯނާ ވައިރަހެއް ނެތް ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީ މެމްބަރުން ވެސް ތިބީ މާޔޫސްވެފައި ކަމަށާއި އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކާ ރެޔާއި ދުވާލު ނުނިދާ މަސައްކަތްކުރި އެތަށް ބަޔަކު މިއަދު ވަނީ މަގުމަތިވެފައި ކަމަށެވެ.

އެގޮތުން ހަތް އަހަރު ވަންދެން މަގުމަތީގައި މަސައްކަތް ކުރުމުން ވެސް އެ ފަރާތްތަކަށް ވަޒީފާއެއް ލިބޭނެ ގޮތެއް އަދި އާމްދަނީ އެއް ހޯދޭނެ ގޮތެއް ވެސް ތަނަވަސްވެފައި ނެތް ކަމަށް އެ ފަރާތްތަކުން ބުނަމުންދާ ކަމަށާއި އެ ފަރާތްތަކުން ވެސް މިހާރު ބޭނުންވަނީ މި ސަރުކާރު ބަދަލުކުރަން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ތިމަންނަ މެންނަށް ރައީސް ޔާމީންގެ ވެރިކަން މިއަދު މާ ރަނގަޅޭ. ރައީސް ޔާމީންގެ ވެރިކަމުގައި ތިމަންނަމެންނަށް ޕްރޮޖެކްޓުތައް ލިބުނޭ، ވަޒީފާ ލިބުނޭ، އާމްދަނީ ލިބުނޭ، މަގުމަތީގައި ބިއްޖެހޭކަށް ނުޖެހެއޭ، އަބަދުވެސް އަތުގައި ފައިސާ ހުރެއޭ" އަދުރޭ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިގްތިސާދު ފުޑިފައިވާ ކަމަށް ބުނެ ވިޔަފާރިވެރިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ފިހާރަތަކާއި ހޮޓާތައް ބަންދުކޮށްފައިވާއިރު ގައުމުގައި ލާރިއެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. މަސްވެރިން އުޅެނީ އެއަށްވުރެ ހާލުގައި ކަމަށާއި އެގޮތުން އެ ފަރާތްތަކުން ކުރާ މަސައްކަތަށް ހަމަ އަގު ނުލިބޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!