Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޢަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަޤީންކަން، މިއަދު ރައްޔިތުމީހާއަށް އެބައޮތް: ޝިފާއު

ޢަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަޤީންކަން، މިއަދު ރައްޔިތުމީހާއަށް އެބައޮތް: ޝިފާއު
ޢަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަޤީންކަން، މިއަދު ރައްޔިތުމީހާއަށް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ޝިފާއު ވިދާޅުވީ، މިހާރު ފެނިގެން ދަނީ، ޝަރުޢީ ދާއިރާ އިޞްލާޙު ކުރެއްވުމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށް އެތައް މަސައްކަތްތަކެއް ކުރައްވާ މަންޒަރު ކަމަށެވެ.
"މިއަދު ރައްޔިތުމީހާއަށް އޮތް ހިތްހަމަޖެހުމަކީ، ރައްޔިތުމީހާއާ ގުޅޭގޮތުން، ރާއްޖޭގެ ޝަރުޢީ ކޯޓެއްގައި މައްސަލައެއް ހިނގިކަމުގައިވިޔަސް، އެކަމަށް ޢަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަޤީންކަން." އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން ހެއްކަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަންވެސް، މިއަދު ރައްޔިތުމީހާއަށް އެބައޮތް ކަމަށެވެ. ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން، ޝިފާއު ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާރުމަތިން އެރުއްވި މަންޒަރު ފެނުނު ޒަމާނެއްވެސް ދިޔަ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ، އެ ޒަމާނަކީ، ރައްޔިތުންނަށް އިންސާފާ ހަމައަށް ވާސިލު ވެވެން އޮތް ކޮންމެ ދޮރަކީ ސަރުކާރުން ހިސޯރުކޮށްފައި އޮންނަ ދޮރެއް ކަމަށް ކަނޑައެޅިފައި އޮތް ޒަމާން ކަމުގައެެވެ. ޝިފާއު ވިދާޅުވީ އޭރު ކޯޓަކަށް ޙުކުމެއް ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން، އެ ޙުކުމެއް "އެޕްރޫވް" ކުރެއްވުމުން ކަމުގައެވެ.
"ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ކޮންމެ ކޯޓެއްވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި. އެކޯޓުގެ އޮޅިގަނޑު ހުރަސްކޮށް ނުވަދެވޭނެ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސްކޭން ނުކޮށެއް." ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިފާއު ފާހަގަކުރެއްވިއެވެ.
   

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް