ޚަބަރު ޝަރުޢީ ދާއިރާ

މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާނަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފިއެވެ.

Ads by MWSC

އެ ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނިހާނާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަޙްޤީޤުކުރެވި، ތައްޔާރުކުރެވުނު ރިޕޯޓު މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީން ތަޙްޤީޤު ކުރެއްވި މައްސަލައިގައިވާ ގޮތުން ފުލުހުންގެ ބަޔަކު ޢާންމުންގެ މީހަކާއެކު މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް, ކޯޓު ޢަމުރެއް ހޯދުމަށް މަސައްކަތް ކުރިއިރު، ފުލުހުންނާއެކު ދިޔަ ޢާންމުންގެ މީހާއަށް ޢަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު މެޖިސްޓްރޭޓް ނިހާން ދެއްވާފައިވާކަން ވަނީ ސާބިތުވެފައެވެ.

މެޖިސްޓްރޭޓް ނިހާންގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރައްވާފައިވާ ޢަމަލެއްކަމަށްވާތީ ޖޭއެސްސީން ނިންމެވީ ނިހާނަށް ނަސޭހަތް ދެއްވުމާއެކު ކޮމިޝަނުން ކަނޑައަޅުއްވާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރެއްވުމަށް އެންގެވުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!