އެޑްވަޓޯރިއަލް ވިޔަފާރި

‎ ސްޓެލްކޯގައި ގާއިމްކުރި ޗައިލްޑް ކެއާ ސެންޓަރު ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓެލްކޯ މުވައްޒަފުންގެ ކުދިން ބަލަން ގާއިމްކުރި 'ސްޓެލްކޯ ޗައިލްޑް ކެއާ ސެންޓަރު' މިއަދު ހުޅުވައިފިއެވެ.

Ads by MWSC

މި ސެންޓަރ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯ ކުންފުނީގެ ޗެއާމަން، ކުރީގެ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ މި ހިދުމަތް ފެށުމާ އެކު ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރާނެ ކަމުގެ ސިގުނަލް ލިބިފައިވާ ކަމަށެވެ.

މި ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ދޭނީ އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ހުޅުވިފައި ހުންނާނީ ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4އަށެވެ.

ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރުކުރާ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޤާއިމްކުރެވުނު ތަނެކެވެ.

ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ޤާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުންނެވެ. މިގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށްވެސް އިސްކަންދެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!