ޚަބަރު އެމެރިކާ މީހުން ދުނިޔެ ލުއި ޚަބަރު

އެމެރިކާގެ އެންމެ ދުވަސްވީ މީހާއަށް 115 އަހަރު ފުރިއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

1907 ވަނަ އަހަރުގައި ބެސީ ހެންޑްރިކްސް ނަމަކަށް ކިޔާ އަންހެނަކު އުފަންވީ އެމެރިކާގެ އަޔޯވާއަށެވެ. އޭނާއަކީ މިހާރު އެމެރިކާގެ އެންމެ ދުވަސްވީ މީހާއެވެ.

Ads by STELCO
Ads by Sosun Fihaara

އެގޮތުން މި މަހުގެ 7 ގައި އޭނާއަށް ވަނީ 115 އަހަރު ފުރިފައެވެ. އަދި މީގެ އިތުރުން އޭނާއަކީ މުޅި ދުނިޔެއިންވެސް 4 ވަނައަށް އެންމެ ދުވަސްވީ މީހާއެވެ.

ބެސީ ހެންޑްރިކްސްގެ ދަރިފުޅު ޖޮއޭން ޝޮފާ ކޭސީސީއައިއަށް ދިން އިންޓްވިއުއެއްގައި ބުނެފައިވަނީ އޭނާގެ މަންމަ މިހާ ދުވަސްވަންދެން ދުނިޔޭގައި ހުރުމަކީ އޭނާއަށް ވަރަށް އުފާވެރިކަމެއްކަމުގައެވެ. ޖޮއޭން ވަނީ އޭނާގެ މަންމަގެ އުފަންދުވަހުގެ އެއް ދުވަސް ކުރިން އޭނާއަށް 90 އަހަރު ފުރުން ފާހަގަކޮށްފައެވެ.

ބެސީގެ މިހާރު ދުނިޔޭގައި ތިބި 3 ދަރިންވެސް ވަނީ އޭނާއަށް 115 އަހަރު ފުރުން ފާހަގަކުރުމުގައި ބައިވެރިވެފައެވެ.

ބެސީ ހެންޑްރިކްސް އޭނާގެ ތިން ދަރިންނާއެކުގައި

އޭނާގެ ދަރިން އޭނާ ސިފަ ކުރާ ގޮތުގައި އޭނާއަކީ އޭނާގެ މުޅި ހަޔާތްވެސް ވަރަށް ހީވާގި މަސައްކަތްތެރި މީހެއްގެ ގޮތުގައި ހޭދަކޮށްފައިވާ މީހެއްކަމުގައެވެ. އޭނާގެ ޅަ އުރުމުގައި އޭނާގެ މަންމަ ދުނިޔެއާ ވަކިވެ ދިޔުމުން ބެސީވަނީ އޭނާގެ އެއްބަނޑުއެއްބަފާ ކުދިން ބަލާބޮޑުކޮށްފައެވެ.

މިވަގުތު މުޅި ދުނިޔޭންވެސް އެންމެ ދުވަސްވީ މީހާގެ މަޤާމް ލިބިފައިވަނީ ފަރަންސޭސި ވިލާތަށް އުފަން 118 އަހަރު ފުރިފައިވާ ލުސީލް ރެންޑަންއެވެ. އަދި ގިނިސް ވޯލްޑް ރިކޯޑުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މީހަކަށް ރިކޯޑުކުރެވިފައިވަނީވެސް ހަމަ ފަރަންސޭސި ވިލާތުގެ އަންހެނެއްކަމުގައިވާ ޖިއޭން ލުއިސް ކެލްމެޓްއެވެ. ޖިއޭން ލުއިސް މަރުވިއިރު އޭނާގެ އުމުރުން 122 އަހަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!