ޚަބަރު

ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގެ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by Sosun Fihaara

މި ހާދިސާއާ ގުޅިގެން، މިއަދު ހެނދުނު ވަނީ ސްކޫލުން ދިވަރުންވެސް ހުސްކޮށްފައެވެ.

ހާދިސާ ހިނގީ ދަރިވަރުންނާއި ހެނދުނުގެ ދަންފަޅީގެ ކިޔެވުން ފެށެން ގާތްވެފައި ވަނިކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލުގައި އަލިފާނުގެ ހާދިސާ ހިނގީ ހެނދުނު 6:30 ހާއިރު ކަމަށާއި، ވަރަށް އަވަހަށް އަލިފާން ނިއްވައިލެވުނު ކަމަށެވެ.

ހާދިސާ ހިނގި ދެ ފަންގިފިލާގައި ކަރަންޓު ކެނޑިފައިވާތީ، ސްޓެލްކޯއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ ހާދިސާ ހިނގީ ރެހެންދި ސްކޫލުގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓު ބޯޑުގައި އަލިފާން ރޯވެގެން ކަމަށެވެ. އެޑިއުކޭޝަނުން ވިދާޅުވީ ހާދިސާ ހިނގީ އެ ސްކޫލުގެ ހަތަރެއް އަދި ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ.

“ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އަލިފާން ނިއްވާލައިފި 07:19 ހާއިރު” އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ރެހެންދި ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމަތު ލިބިގެން މިއަދު ފުލުހުން އެތަނަށް އެޓެންޑްވެފައިވާ ކަަމަށެވެ.

އަދި އަލިފާން މިހާރު ނިއްވާލައިފައިވާ ކަމަށާއި، އެއްވެސް ކުއްޖަކަށްވެސް އަދި އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!