ރާއްޖެ އެތެރެކުރި ބައިކިލޯގެ ޑްރަގް އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރި ބައި ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ވިދާޅުވީ ކުރިއަރ މެދުވެރިކޮށް ބަހްރެއިންއިން ރާއްޖެ ގެނެސްފައިވާ ޕާރްސަލެއް މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ''މެތޯފަން'' ކަމަށެވެ. މިއީ މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރުކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުއްޓެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ މިހާރު އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.