ވިޔަފާރި

އެސްޓީއޯ އިޔާ އެންޑް ސޭލް؛ ބޮޑެތި އިނާމްތަކާއި 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ/އަދަދު

ބޮޑެތި ޑިސްކައުންޓްތަކާއި އިނާމުތަކާ އެކު އެސްޓީއޯގެ އަހަރު ނިންމާ ސޭލް، "އިޔާ އެންޑް ސޭލް" ފަށައިފިއެވެ.

Ads by MWSC

މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސޭލް އިފްތިތާހުކޮށްދެއްވީ، އެ ކުންފުނީގެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިންނެވެ. އެސްޓީއޯގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ ނިޔަލަށެވެ.

މި ސޭލް ކުރިއަށްގެންދާނީ މިއަދުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި އެސްޓީއޯ ސުޕަމާކެޓުތަކުން 500ރ. އަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން،އެއްވަނައަށް ހޮވޭ ފަރާތަކަށް 65 އިންޗީގެ ޓީވީއަކާއި ސައުންޑް ސިސްޓަމެއްގެ އިތުރުން ފްރިޖެއް ލިބޭނެއެބެ.

ދެވަނައަށް ހޮވޭ ފަރާތަކަށް ލިބިގެންދާނީ 15،000 ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ. ތިންވަނަ ފަރާތަކަށް ލިބޭ އިނާމަކީ 5،000 ރުފިޔާގެ ގިފްޓް ވައުޗާ އެކެވެ.

އޭގެ އިތުރުން މިމުއްދަތުގައި އެ ކުންފުނިން ވިއްކާ، އެ ކުންފުނީގެ ހުރިހާ ޕުރޮޑަކްޓުތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!