ޚަބަރު އިޖުތިމާޢީ ސިޔާސީ

ވެރިކަން ނިންމާފައިދާއިރު ޤައުމު ދަނީ ޑްރަގްގެ ކައްވަޅަށް އިތުރަށް ތިރިވަމުން: ޢުމަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޑްރަގްގެ މައްސަލަ އިސްލާހުކުރުމުގެ ''ސާރކަލް'' ގެ ތެރޭގައި ސަރުކާރުތަކުން ބުރުޖަހަމުން ދާއިރު ޤައުމު ދަނީ ޑްރަގްގެ ކައްވަޅަށް އިތުރަށް ތިރިވަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢުމަރު ވިދާޅުވީ ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވެ، އާ ބަޔަކު ޑްރަގްގެ މައްސަލަ އިސްލާހުކުރުމާ ހަވާލުވާ ކަމަށާއި ކޮންމެ ބަޔަކު ވެސް ފަށަނީ ދިރާސާ ކުރުމާއި ސާރވޭ ތަކުން ކަމަށެވެ. ނަމަވެސް ހުންނަ މައްސަލަތައް ދެނެގަނެވޭ ކަމަށް ވަނީ ދައުރު ނިމޭ ހިސާބަށް އަންނައިރު ކަމަށާއި އަނެއްކާ ވެސް ސަރުކާރު ބަދަލުވެ ކުރިން ހެދި ދިރާސާ ތައް އަލުން ފަށާ ކަމަށެވެ.

އިދާރީ މި ''ސާރކަލް'' ގެ ތެރޭގައި ސަރުކާރުތަކުން ބުރުޖަހަމުން ދާއިރު، ޤައުމު ދަނީ ޑްރަގްގެ ކައްވަޅަށް އިތުރަށް ތިރިވަމުން.

ޢުމަރު ވިދާޅުވީ ކޮންމެ ޕާޓީ އަކުން ވެރިކަން ނިންމާފައި ފަޅު ރަށްތައް ހިފައިގެން އެ މީހުން ނިކުންނައިރު، އަލަށް 2500 ކުދިން ޑްރަގްގެ ތެރެއަށް ވަންނަ ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ، ކުރިއާ ޚިލާފަށް ރަށުތެރޭގައި މިހާރު މަސްތުވާތަކެތި ލިބުން އެހާ ފަހިވެފައި ނޯންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވަނިކޮށެވެ.

ސީޕީ ވިދާޅުވީ، މިދިޔަ އަހަރު މަސްތުވާތަކެއްޗާ ދެކޮޅަށް ޖުމްލަ 562 އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އަދި މާލޭގައި ހިންގާ ޑްރަގް ކެފޭތަކަށް ކޮންމެ ދުވަހަކު ވެސް ފުލުހުން ނުކުމެ އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!