ޚަބަރު

އައިފޯން އުފައްދަން ޗައިނާގައި ރިޓަޔަރ ކޮށްފައި ތިބި ސިފައިން ނެރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ހެނާން ޕްރޮވިންސްގެ ލޯކަލް އޮތޯރިޓީންގެ އެންގުމުގެ ދަށުން ރިޓަޔާކޮށްފައިވާ ސިފައިންނާއި ސަރުކާރުގެ މަސައްކަތްތެރިން ޒެންގްޒޫގައި ހުންނަ ފޮކްސްކޮން (2317.TW) އައިފޯން ފެކްޓްރީގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރަމުން އަންނަ ކަމަށް ޗައިނާގެ ރަސްމީ ޝަންހާއީ ސެކިއުރިޓީޒް ނިއުސް އިން ރިޕޯޓްކޮށްފިއެވެ.

Ads by STELCO

ދުނިޔޭގެ އެންމެ ބޮޑު އައިފޯން އުފައްދާ ފެސިލިޓީ ކަމަށްވާ އެ ޕްލާންޓަށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ލާޒިމްކޮށްފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން ތަކެއް އުފެދި، އެ ކުންފުނިން ގިނަ މަސައްކަތްތެރިންތަކެއް، ފާއިތުވި ހަފުތާގައި ފިލައިގެންވަނީ ގޮސްފައެވެ.

ރިޓަޔަރޑް މަސައްކަތްތެރިންނަށް ގޮވާލާފައި ވަނީ ޖިޔުއާން އާއި ކައިފެންގް ފަދަ ސިޓީތަކުގެ ކަމާބެހޭ ފަރާތްތަކުން ކަމަށާއި އެ ފަރާތްތަކުން ބުނަމުން ދަނީ މި ހުށަހެޅުން ނަގާ ފަރާތްތަކަށް ފެކްޓްރީން މިހާރު ލިބޭ މުސާރައާއި އުޖޫރަ އާއި ބޯނަސް ލިބޭނެ ކަމަށެވެ.

މިސާލަކަށް ޖިޔުއާންގައި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާއަށް ސޮއިކުރުމަށްފަހު 800 ޔުއާން (112.9 ޑޮލަރު) ގެ ބޯނަސްއެއް އަދި  30 ދުވަހުގެ މަސައްކަތް ނިންމުމަށް ފަހު އިތުރު 3،000 ޔުއާން (423.5 ޑޮލަރު) ބޯނަސް އެއް ލިބޭނެ ކަމަށް ޖޫނިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!