ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަަމަށް ކުރިމަތިލުމަށް ހުޅުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހައި ކޯޓު--

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ހައި ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވައެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވި ގޮތުގައި މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެެރިވާ މީހުންނަށް މި މަހުގެ 30 އާ ހަމައަށް ފުރުސަތު އޮންނާނެއެވެ.

ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!