ދުނިޔެ

ޖީ-20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖީ-20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވެއްޖެއެވެ.

Ads by Sosun Fihaara

ބާލީގައި ބޭއްވި ޖީ-20ގެ މި އަހަރުގެ ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ރިޔާސަތާ ހަވާލުވެ ވަޑައިގެންފައިވަނީ، ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ރިޔާސަތާ ހަވާލުވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މޯދީ ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ޖީ-20 ގެ ރިޔާސަތަކީ އެންމެން ބައިވެރިވުން އޮންނަ، އުންމީދީ، އަދި އެކްޝަން އޮރިއެންޓެޑް ރައީސަކަށް ވާން މަސައްކަތް ކުރައްވާނެ ކަމަށެވެ..

އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ވެރިންނާ ވަކިވަކިން ބައްދަލުވުންތައް ވެސް މި އަހަރު ބާލީގައި އޮތް ސަމިޓްގައި މޯދީ ވަނީ ބާއްވާފައެވެ.

މޯދީ އިތުރަށް ވިދާޅުވީ، އެންމެ ބޮޑެތި އިގްތިސާދުތަކުގެ ފޯރަމްގެ ރައީސް ކަން އިންޑިއާއަށް ލިބުމަކީ އިންޑިއާގެ ލީޑަޝިޕަށް މުޅި ދުނިޔެ "އުއްމީދާއެކު" ބަލާ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެފައެވެ.

"ޖީ-20 އާ އިންޑިއާ ހަވާލުވަނީ މުޅި ދުނިޔެ އެއްފަހަރާ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމާއި، އިގްތިސާދީ ހީނަރުކަމާއި، ކާބޯތަކެއްޗާއި ހަކަތައިގެ އަގުއުފުލުމާއި، ބަލިމަޑުކަމުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި،" މޯދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ޖީ20 އެޖެންޑާގައި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަން ދޭނެ ކަމަށް ވިދާޅުވެފައެވެ.

ޖީ-20 ގެ ގާތްގަނޑަކަށް 200 ބައްދަލުވުން އިންޑިއާގެ އެކި ތަންތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖީ-20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވެފައިވަނީ އެއް އަހަރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!