ދުނިޔެ

ޖީ20ގެ ލޯގޯ ދައްކާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީގެ ލޯގޯ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދައްކުވާލައްވައިފިއެވެ. މި ލޯގޯ ދައްކާލާފައިވަނީ މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ލޯގޯގެ އިތުރުން ގީ-29ގެ ތީމްއާއި ވެބްސައިޓް ވެސް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

Ads by Sosun Fihaara

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ލޯގޯއިން އިންޑިއާއިން ދުނިޔޭގެ ދޭ ދުނިޔޭގެ ސުލްހައަށް ދޭ ސަމާލުކަން އިނގިގެންދާ ކަމަށެވެ.

ބޮޑުވަޒީރު މޯދީ މި ލޯގޯ އިފްތިތާހު ކޮށްދެއްވާ ކުރެއްވި ޓްވީޓްގައި، "ދުނިޔެ މިދަނީ ބަލިމަޑުކަމާއި، ހަމަނުޖެހުންތަކާއި، އިޤްތިޞާދީ ނުތަނަވަސްކަމުގެ އަސަރުތަކުގެ ތެރެއިން" ކަމަށް ވިދާޅުވިއެވެ. ޖީ20 ލޯގޯގައި ވާ ލޮޓަސްގެ ނިޝާނަކީ އުއްމީދު ރަމްޒުކޮށްދޭ ރަމްޒެއް ކަމަށް މޯދީ ވިދާޅުވިއެވެ.

ލޮޓަސް އަކީ އިންޑިއާގެ ގައުމީ މަލެވެ. އިންޑިއާގެ ޖީ-20 ގެ ރައީސްކަމުގެ ލޯގޯގައި އެ ލޯގޯ ހިމެނުމަކީ އިންޑިއާގެ ޘަޤާފަތާއި އެކަން އެއްގޮސްކުރުމުވެ.

"ލޮޓަސްގައި ހުރި ހަތް ފަތުން ދުނިޔޭގެ ހަތް ކޮންޓިނެންޓް އަދި މިއުޒިކްގެ ހަތް ނޯޓް ވެސް ރަމްޒުކޮށްދޭ. ޖީ-20 ގެ ސަބަބުން މުޅި ދުނިޔެ އެއްބައިވަންތަކަމާއެކު އެއްތަނަކަށް ގެންނާނެ. މި ލޯގޯގައި ލޮޓަސްއިން ދައްކުވައިދެނީ އިންޑިއާ މިކަމަށްދޭ ސަލާލުކަން" ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!