ޚަބަރު އިޖުތިމާޢީ

އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް ފޮނުވައިލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި މަހުގެ ނުވަވަނަ ދުވަހު މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިތައް އެ މީހުންގެ ޤައުމަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވިއެވެ. ހާދިސާގައި މަރުވީ އިންޑިއާގެ އަށް މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އެންމެ ފަހުން ފޮނުވައިލީ ބަންގްލަދޭޝްގެ ދެ މީހުންގެ ހަށިގަނޑެވެ.

މި ހާދިސާގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ. މަޢުލޫމާތު ލިބޭ ގޮތުން ފަރުވާދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

ނިރުފެހިގޭގައި އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ތިރީގައި ހިންގާ ގަރާޖުތެރޭގައި އަލިފާން ރޯވުމުގެ ސަބަބުންކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަ ކުރައްވައެވެ. މި ހާދިސާއަކީ މިހައިތަނަށް ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ ބަޔަކު މަރުވެގެން ދިޔަ އަލިފާނުގެ ހާދިސާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!