ޚަބަރު

ޕާސްޕޯޓް ހިފަހައްފަޓާފައިވާ ދެ ބިދޭސީއަކު ފުރުވާލި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލަތަކެއްގައި ކްރިމިނަލް ކޯޓުން ޕާސްޕޯޓް ހިފަހައްޓަން އަމުރު ކޮށްފައި ވަނިކޮށް ފުރުވާލި މައްސަލައެއް ބަލަން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އިން ނޭޝަނަލް އިންޓެގްރެޓޭޝަން ކޮމިޝަން(އެންއައިސީ) ގައި އެދިއްޖެ އެވެ.

Ads by Sosun Fihaara

ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އެތެރެ ކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝަންގެ ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ދެ މީހުން ފުރަން ހުއްދަ ދީ ފުރުވާލާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކޮށްދެން އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި ހުށަހަޅާފައި ވަނީ އެ ކަމުގައި އިހުމާލުވި މުއައްސަސާއެއްގެ މައްޗަށް ތަހުގީގެއް ހިންގައި ދިނުމަށް އެދި އެވެ. ނަމަވެސް އެ ކަމުގައި އިހުމާލުވާ މުއައްސަސާއެއް ޕީޖީން ހާމައެއް ނުކުރެ އެވެ. މިއީ ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ޕީޖީން ތަހުގީގެއް ހިންގައިދޭން އެންއައިސީގައި އެދުނު ފުރަތަމަ ފަހަރެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!