ޚަބަރު

އަހަރު ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތް ރާވަން އަންގަވަފައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ މެމްބަރުން----

ކޮންމެ އަހަރެއް ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވަންޖެހޭ ގޮތަށް ކަނޑައަޅުއްވައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން ނެރުއްވި ސާކިއުލާއެއްގައި، މިގޮތަށް އެންގެވި ސަބަބެއް ކަމުގައި ބަޔާން ކުރައްވާފައިވަނީ ކޯޓުތަކުގެ ޚިދުމަތްތަކަށް ބުރޫ އެރިޔަ ނުދިނުމެވެ.

މިގޮތުން ކޮންމެ އަހަރެއް ވެސް ފެށުމުގެ ކުރިން ފަނޑިޔާރުން ޗުއްޓީ ނަގާނެ ގޮތް ރާވައިލަން ޖެހޭނެ ކަމަށް ޖޭއެސްސީން ނެރުއްވި ސާކިއުލާގައިވެއެވެ.

އެ ކޮމިޝަނުން ވަނީ، ފަނޑިޔާރުންގެ އަހަރީ ޗުއްޓީ ޕްލޭން އަންނަ މަސް ނިމުމުގެ ކުރިން ފޮނުވުމަށާއި، ޗުއްޓީ ޕްލޭން ކުރުމުގައި އެއް ދުވަސްވަރެއްގައި ހުރިހައި ފަނޑިޔާރުން ޗުއްޓީއަށް ނުދާނެހެން ޕްލޭންތައް ރޭވުމަށް އިލްތިމާސް ކުރަައްވައިފައެވެ.

މީގެ އިތުރުން ޗުއްޓީ ޕްލޭން ދުރާލައި އެކުލަވައިލެއްވި ނަމަވެސް، ކޮންމެހެން ނަގަންޖެހޭ ޗުއްޓީތައް އިސް ފަނޑިޔާރުންގެ ހުއްދައާ އެކު ނެގުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!