ކުޅިވަރު

ޗެންޕިއަން ފްރާންސްގެ ފެންވަރު ދައްކާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި އޮސްޓްރޭލިއާ އަތުން 4-1 އިން މޮޅުވެއްޖެއެވެ.

Ads by STELCO

މި މެޗާއެކު ގްރޫޕް ޑީ ގައި ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. އޮސްޓްރޭލިއާ އަތުން ފްރާންސް މޮޅުވުމާ އެކު އެ ޓީމު އޮތީ ގްރޫޕް ޑީގެ އެއް ވަނައިގައެވެ. ޓީމުގައި ހިމެނޭ ޑެންމާކް އަދި ޓިއުނީޝިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ އޮސްޓްރޭލިއާއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި އޮސްޓްރޭލިއާއިން ވަނީ ފުރަތަމަ ގޯލް ޖަހާ، ފްރާންސް ސިއްސުވާލާފައެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނަތީޖާ ހަމަކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓްގައި ޖެހި ގޯލްއަކުންނެވެ. ތިއޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އެޑްރިއަން ރަބިއޯއެވެ. 32 ވަނަ މިނެޓްގައި ޖިރޫޑް ވަނީ ފްރާންސަށް ލީޑު ނަގާދީފައެވެ. ފުރާންސްގެ ލީޑް ފުޅާކޮށް، ތިން ވަނަ ގޯލް ޖަހާފައިވަނީ އެމްބާޕޭއެވެ. ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖިރޫ ޖެހީ 71 ވަނަ މިނެޓުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!