ޚަބަރު

މިނިމަމް ވޭޖް ކަނޑަނޭޅި ލަސްވުމުން މިނިސްޓަރު ފައްޔާޒް މައާފަށް އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅާ އިއުލާނު ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މައާފަށް އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްމީދު ކުރެވިފައި އޮތީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވުމުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

" އެ މައްސަލަ މަޖިލީހަށް މިހާރު ފޮނުވާފައިވުމުން އެކަމާ މެދު މަޖިލީހުން ދެކޭ ގޮތް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުއްމީދު ކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާ އަދަދު އިކޮނޮމިކް މިނިސްޓްރީން އަދި ހާމަކޮށްފައިނުވާއިރު މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެރުވި ލަފާ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ އާއްމުކޮށްފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!