ޓެކްސް ބޮޑުކުރުމުން ކޮންމެ މީހެއްގެ ސާވިސް ޗާޖުން ގާތްގަނޑަކަށް 2،000 ރުފިޔާ މަދުވާނެ: މަޓާޓޯ
ސަރުކާރުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުން ޓޫރިޒަމް ދާއިރާގެ ކޮންމެ މުވައްޒަފެއްގެ ސާވިސް ޗާޖުން ގާތްގަނޑަކަށް 2000 ރުފިޔާ މަދުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.
މަޓާޓޯއިން ބުނީ ޖީއެސްޓީ ބޮޑުކުރުމާ ގުޅޭ ގޮތުން 22 ނޮވެމްބަރ 2022ގައި ސަރުކާރުން ނެރުއްވި ސާކިއުލާގައި ބަޔާންކޮށްފައިވާ ފަދައިން، އެ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ އެންމެ އުފެއްދުންތެރި ދާއިރާ ކަމަށްވާ ފަތުރުވެރިކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށެވެ. އޭގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ނޭދެވޭ އަސަރު ކުރާނެކަމަށް ބުނެފައިވެއެވެ.
އަދި މި ފިޔަވަޅުގެ ސަބަބުން 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސްޓޭކް ހޯލްޑަރުންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަތުރުވެރިކަމުގެ ސިނާއަތަށް 50 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
އޭގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ހޮޓާތަކާއި މިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ހިމެނެއެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށްވެސް އަސަރުކުރާނެކަމަށާއި، ސަރވިސް ޗާޖުގެ ގޮތުގައި ގާތްގަނޑަކަށް 2،000 ރުފިޔާ އުނިވާނެކަމަށް އަންދާޒާ ކުރެވޭ ކަމަށް މަޓާޓޯއިން ބުންޏެވެ.
މީގެ އިތުރުން މަޓާޓޯއިން ބުނީ ޓެކްސް ބޮޑުކުރީ އައިއެމްއެފް އާއި ވޯލްޑް ބޭންކުން އަމިއްލައަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މަޓާޓޯއިންވަނީ ފިނޭންސް މިނިސްޓަރުކަމުގެ މަގާމު ފަދަ ޒިންމާތައް ބޮޑު މަގާމެއް އަދާކުރެއްވުމުގެ ގާބިލުކަން އޭނާ ކިބާގައި ނެތުމުން މަޖިލީހުން ފިޔަވަޅުއެޅުމަށް ގޮވައިލާފައެވެ.
ފޮނިބައިސާ ކަނޑާފަ ތިމަންނާގެ ވެރިކަމެއްގާ ޖޫރިމަނާ ސްޓިކާޖަހައިގެން ބަޖެޓަށްފައިސާނުހޯދާނެކަމަށްބުނެ އެކިޕޯޑިއަމްތަކުގައި ދައްކާފައިހުރި އެފަދަ އެތައްކަމެއް ދެއްކިގޮތާއި އިދިކޮޅަށްމިއަދުވަނީކޮށްފައި ޝައިޚް އިމްރާންވެސް މަރުހެކި މިއޮތީއޭކިޔާ ކަރުދާސްތަކެއްދައްކާ މާތްاللهގަންދީ ހުވާކޮށްފަބުނި އެކަންފުރަތަމަ 100 ދުވަސްތެރޭބަލާނެކަމަށް ދެކިބަލަ ސީދާ އެމަޤާމް ޝައިޚްއިމްރާނަށް އެހެރީލިބިފައި ކޮބާކުރިހުވާ ؟ މީގެންއެނގޭއެއްޗަކީ ސިޔާސީޕޯޑިއަމްތަކާ ރައްޔިތުން މަޖިލީހުގައި ދައްކާވާހަކަ އަޑުއަހަން ހެޔޮނުވާނެކަން …