ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ
މާލޭގައި ގެއެއްގެ ތެރޭގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
"ދެން"އަށް މަޢުލޫމާތު ދެއްވަމުން ފުލުސް މީޑިއާ އޮފިޝަލު ދެންމެ ވިދާޅުވީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 54 އަހަރުގެ ބިދޭސީއެއް ކަމަށެވެ.
ހެންވޭރު ގެއެއްގައި، އޭނާ މަރުވެފައި އޮތްކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު ހެނދުނު 6:36 ގައި ހާއިރު ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.
އޮންލައިން ނޫސް "ވަގުތު"އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައި އޮތް މީހަކު ފެނިފައިވަނީ އޭޑީކޭ އާއި ދިމާލުން އޮންނަ ތަނޑިރަތްމާ ގޯޅީގައި ހުރި ގެއެއްގެ ތެރެއިންނެވެ.
ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަަލަމުންނެވެ.
ބިދޭސީންނާއި ދޭސީން ގޭގަޔާއި ހޮސްޕިޓަލް ތަކުގައިވެސް އެބަ މަރުވޭ، ދުނިޔޭގައިވާ ކޮންމެ އެއްޗަކީ މަރުގެ ރަހަ ދެކޭނެ އެއްޗެއްކަމުގައި ޤުރުއާނުގައި އައިސްފާވޭ، އަޅަމެނަށް ﷲ ހެޔުރަހުމަށް ލައްވާށި !