ދުނިޔެ

ޗައިނާ މުޒާހަރާ: ރައީސް ޝީގެ އިސްތިއުފާއަށް ގޮވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ކޮވިޑް-19 އާ ގުޅިގެން ޗައިނާ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުން، ރައީސް ޝީ ޖިންޕިންގެ އިސްތިއުފާއަށްވެސް ގޮވައިލަމުން އެބަދެއެވެ.

Ads by Sosun Fihaara

ޗައިނާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެފައިވާއިރު، ބައެއް ފަރާތްތަކުން ފާޅުގައި ކޮމިއުނިސްޓް ޕާޓީގެ ލީޑަރުންނާ މެދު ރުޅިވެރިކަން ފާޅުކުރަން ވަނީ ފަށައިފައެވެ.

ޝަންހާއީގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން އަންނައިރު ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ނޫހުގެ ނޫސްވެރިންނަށް ވަނީ އާއްމުން، ޕޮލިސް ކާރުތައް ކޮއްޕައިލާ މަންޒަރުވެސް ފެނިފައެވެ،

ބެއިޖިން އާއި ނަންޖިންގެ ޔުނިވާސިޓީތަކުގައި، ދަރިވަރުންވެސް މި މުޒާހަރާތަކުގައި ދަނީ ބައިވެރިވަމުންނެވެ.

އެންމެ ފަހުގެ ހަމަނުޖެހުންތައް ހިނގާފައި މިވަނީ ޗައިނާގެ ހުޅަނގު އުތުރުގެ ދުރު ސިޓީއެއް ކަމަށްވާ އުރުމްކީގެ ޓަވަރު ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވުމާ ގުޅިގެންނެވެ. އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އާއްމުން ތުހުމަތު ކުރެއެވެ.

ކޮވިޑުގެ ފިޔަވަޅުތަކުގެ ސަބަބުން މީހުން މަރުވި ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އިންކާރު ކުރާއިރު، އުރުމްކީގެ އޮފިޝަލުން ވަނީ ކުރެވުނު ތުހުމަތަށް، މައާފަށްވެސް އެދިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!