ޚަބަރު އިޖުތިމާޢީ

ކުރިއަށް އޮތް ދެ ހަފުތާގައި ގަމުގައި އަސްކަރީ ތަމްރީނުތަކެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެމްއެންޑީއެފުން މީގެ ކުރިން، ކުރިއަށް ގެންދިޔަ ތަމްރީނެއްގެ ތެރެއިން--

އެމްއެންޑީއެފުން އައްޑޫ ސިޓީ ގަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމަވައިފިއެވެ.

Ads by MWSC

މި ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތަމްރީނުތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 18:00 އިން ެފެށިގެން 23:59 އާ ހަމައަށެވެ.

މި ތަމްރީނުތަކުގައި ހަތިޔާރުގެ ގޮތުގައި މިނީފްލޭއަރ އާއިި ޓްރިޕް ފްލޭއަރ އާއި ޕައިރޯސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު

ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން

އެހެންވެ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!