ޚަބަރު ޝަރުޢީ ދާއިރާ

ޝިމާޒަށް ހަމަލާދިން އެކަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒަށް ހަމަލާދިން މައްސަލައިގައި އެކަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ads by MWSC

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޝިމާޒަށް ހަމަލާދިން މައްސަލައިިގައި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން މިހާރު 10 ދުވަސް ޖަހައިފައިވާ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުގެރޭ ޝިމާޒަށް ހަމަލާދިނީ ގަލޮޅު ދަނޑު ކައިރީގައި ހުންނަ އޭނާ ދިރިއުޅުއްވާ ގެއިން ނުކުންނަވަނިކޮށް އައި ގުރޫޕަކުންނެވެ.

ޝިމާޒް ވިދާޅުވެފައިވާ ގޮތުން އޭނާއަށް ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި ޢަމަލެކެވެ.

ހަމަލާގެ ކުރިން އެކިއެކި ގޮތްގޮތުން އެތައް އިންޒާރެއް އައިކަން ފާހަގަކުރައްވައި ޝިމާޒް ވަނީ ހަމަލާދިން މީހުންނާއި އެ ކަމުގެ އަޑީގައި ތިބި މީހުން ހޯދައި އެ މައްސަލަ ބަލައި ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް ގޮވައިލައްވާފައެވެ.

ޝިމާޒަށް ހަމަލާދިނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައިވަނިކޮށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!