ޚަބަރު

ގާނޫނަކުން ކުލި ކޮންޓްރޯލެއް ނުކުރެވޭނެ: ރިޔާޒު

ދެން އެމްވީ ، ދެން އޮންލައިން

ގާނޫނަކުން ކުލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާއި އެއްވަރަށް ސަޕްލައި އިތުރުވެ، ބޭންކުތަކުން އިމާރާތް ކުރުމަށް ނަގާ ލޯނުގެ އިންޓަރެސްޓު ރޭޓު ވެސް ކުޑަކޮށްގެން ކަމަށެވެ.

"ބޭންކުތަކުން ނަގަންޖެހޭ ރިސްކު ކުޑަ ކުރުމަށް ދައުލަތުން ކުރަންޖެހޭ ކަންކަންވެސް ކޮށްގެން،" ރިޔާޒު ވިދާޅުވިއެވެ.

އިންކަމް ޓެކްސްގެ ގާނޫނު ތައާރަފްކުރުމާއެކު ކުއްޔަށް އުޅޭ މީހުންގެ އަތުން ނަގާ ކުލި އިތުރަށް ބޮޑު ކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވާން ފަށާފައެވެ.

މާލޭ ޓެނަންޓްސް ޔޫނިއަނުން އިސްނަގައިގެން ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ވަނީ ފަށާފައެވެ. އެ ޕެޓިޝަނަކީ މާލޭގައި ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!