ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން!

މިއަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 1،491،236 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އޮކްޓޯބަރު މަހު 153،737 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައިސްފައިވަނީ އޮކްޓޯބަރު މަހުއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް209،725 ފަތުރުވެރިއަކު އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 14.1 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ މާކެޓުން އައިސްފައިވަނީ 182،337 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 12.3 އިންސައްތައެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4800 ފަތުރުވެރިން އާދެއެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.