ދުނިޔެ

ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަމަލު ކުރަމުން ދަނީ "ޒީރޯ ކޮވިޑް" ސިޔާސަތަކަށެވެ. އެ ގައުމުގައި ރެކޯޑު އަދަދަކަށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ސަރަޙައްދުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރި ނަމަވެސް އެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ.

ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބެއިޖިންގްގެ ސްކޫލްތައް ބަންދުކޮށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ގޭގައި މަސައްކަތް ކުރުމަށް އަންގާފައެވެ.

ފިޔަވަޅުތަކަށް ޗައިނާއިން ލުއިދޭން ފަށާފައި ވަނީ ހުސްވި ނޮވެންބަރު މަހު އެ ޤައުމުގެ ހުޅަނގުގައިވާ އުރުމްޗީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޢާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގައި ރެކޯޑް ޢަދަދަކަށް ބަލީގެ ކޭސްތައް އިތުރުވަމުންދިޔަ ނަމަވެސް ޢާންމުންގެ ފަރާތުން ސަރުކާރަށް ކުރިމަތި ކުރަމުންދާ ޕްރެޝަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!