ޚަބަރު ސިޔާސީ

ވީއައިއޭއަށް ލީޑިން އެއާޕޯޓުގެ އެވޯޑު ލިބުމުން، ޝިޔާމްގެ ތަޢުރީފު ރައީސް ޔާމީނަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް(ވީއައިއޭ) މި ސަރަޙައްދުގެ އެވޯޑެއް ލިބުމުން، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

Ads by MWSC

ވީއައިއޭއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑެވެ. މި އެވޯޑު ލިބުނީ މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑުގައެވެ.

ޝިޔާމް ވިދާޅުވީ މިއީ އިޤްތިޞާދަށް އިންޤިލާބީ ބަދަލު ގެނެސްދެއްވުމުގެ ވިސްނުން ގެންގުޅުއްވި ވެރިޔަކު ފަސް އަހަރު ވެރިކަން ކުރެއްވުމުގެ ނަތީޖާ ކަމަށެވެ. ރައީސް ޔާމީން އަކީ ވިޝަނަރީ ލީޑަރެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަ ކުރައްވައިފައެވެ.

އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ އެވޯޑު ވީއައިއޭއަށް ލިބުނުއިރު، އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި މަޝްރޫޢިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެއާޕޯޓުގައި އެޅި ދެވަނަ ރަންވޭ، މިހާރު ވަނީ ބޭނުން ކުރަން ފަށައިފިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!