ދުނިޔެ

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ކަމަށް ބުނެ ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ގަވައިދާ ހިލާފަށް ދުރު ކަނޑުތަކުން މަސްވެރިކަން ކުރަމުންދާ ކަމަށްވުނެ ވޮޝިންޓަނުން ޗައިނާގެ ގިނަ ކުންފުނިތަކަށާއި ވަކިވަކި ބައެއް ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

Ads by WAMCO

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނީ ދަތިކުރުމުގެ ފިޔަވަޅު ތައް އަމާޒުކޮށްފައިވަނީ ޗައިނާގެ ރައްޔިތެއް ކަމަށްވާ ލީ ޒެންޔޫ އާއި ޒޫއޯ ޒިންރޮންގްގެ އިތުރުން އެ ދެމީހުންނާ ގުޅުން ހުރި 10 ކުންފުންޏަކަށް ކަމަށެވެ. އޭގެ ތެރޭގައި ޑާލިއަން އޯޝަން ފިޝިން ކޮމްޕެނީ އާއި ޕިންގްޓަން މެރިން އެންޓަޕްރައިޒް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެ ޑިޕާޓްމަންޓުން ވަނީ ޗައިނާގެ ދިދައިގައި އޮޕަރޭޓް ކުރަމުން އަންނަ 157 އުޅަނދެއް ވެސް ފާހަގަކޮށްފައެވެ. އެ އުޅަނދުތަކަކީ އިންސާނީ ޙައްޤުތަކަށް ރިއާޔަތް ނުކޮށް، އަޅު މަަސައްކަތް ކުރުވާ ކަމަށް އެ ޤައުމަށް ފާހަގަ ކުރެވޭ ޤައުމުތަކެވެ.

އެބަޔާނުގައި އިތުރަށް ވިދާޅުވީ، އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި، އަސާސީ މަސައްކަތްތެރިންނާއި ތިމާވެށީގެ މިންގަނޑުތަކަށް ނުބަލާ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ އާބާދީތަކުގެ އިގްތިސާދީ ކުރިއެރުމަށް ގެއްލުންދޭ ގޮތަށް މިއަދު ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ އަމަލުތައް ޓްރެޜަރީއިން ކުށްވެރިކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ނުވަތަ އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދުގައި އަދި 200 ނޯޓިކަލް މޭލު (300 ކިލޯމީޓަރު) ގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީވީ) އިން ބޭރުގައި ބޯޓުފަހަރު މަސްބާނާތީ ޗައިނާއަށް ވަނީ މީގެ ކުރިންވެސް ފާޑު ކިޔުން އަމާޒުވެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!