ކައިވެނި ކުރިތާ ދެމަސްތެރޭގައި ކާޖޮލް ފަލަވީ މިހެންވެ

ބޮލީވުޑްގެ ތަރި ކާޖޮލްއާ އަޖޭ ދޭވްގަންގެ ކައިވެންޏަށް އެންމެ ދެ މަސްދުވަސް ވީއިރަށް އޭނާ ވަަރަށް ބޮޑަށް ފަލަވި ކަމަށް ކާޖޮލް ބުނެފިއެވެ.
ކާޖޮލް ބުނީ ކައިވެންޏަށް ދެމަސްވީއިރު، އޭނާގެ ބަރުދަނުން 8 ކިލޯ އިތުރުވި ކަަމަށެވެ. އެހާ އަވަހަށް މީހާގެ ބަރުދަން އިތުރުވީ ކީއްވެގެންކަން ސާފުކޮށްދެމުން ކާޖޮލް ބުނީ، ސަބަބަކީ އޭނާ ގިނަ އަދަދަކަށް ފަރާޓާ ކެއުން ކަމަށެވެ.
އެގޮތުން އަޖޭމެންގެ ގޭގައި ކޮންމެ ދުވަހަކުވެސް އެކި ވައްތަރުގެ ފަރާޓާ ތައްޔާރު ކުރާ ކަމަށާއި، އޭރު ކެއުމުގައި އެއްވެސް ހަމައެއް ނުގެންގުޅޭ ކަމަށްވެސް ކާޖޮލް ބުންޏެވެ. މަސް ކެއުމަށް ލޯބި ކުރާ ކާޖޮލް ބުނީ މައިދައިތައަށް މަސްކާން ދަސްކޮށްދިނީވެސް އޭނާ ކަމަށެވެ.
"މައިދައިތައާ ދެމީހުން ކޮންމެ މަހަކު އެއް ފަހަރު ކަކުނި މަސްވެސް މިހާރު ކަން." ކާޖޮލް ބުންޏެވެ.
ކާޖޮލް އިތުރަށް ބުނީ އޭނާ ކައި އުޅެނީ އަތުން ކަމަށާއި، އުލާ ސަމުސަލުން ކާއިރު، މީރު ރަހައެއްވެސް ނުލާ ކަމަށެވެ.