ޚަބަރު

އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރަން ނާޒިމް ފޯމު ހުށައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް އެޕާޓިގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެޕާޓީއަށް ފޯމް ހުށައަޅައިފިއެވެ.

Ads by MWSC

ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށައެޅުއްވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއްކަމަށާއި، އާ ފުރިހަމަ ވިސްނުމެއްކަމަށެވެ.

ރިޔާސީ އިންތިހާބަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަލަށް އުފެއްދި އެމްއެންޕީގެ އިތުރަށް އެމްޑީއޭ ހިމެނެއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމްޑީއޭއިން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީއާއި އެމްއެންޕީގެ ކެންޑިޑޭޓް ކަނޑައަޅަނީ ޕްރައިމަރީއަކަށް ފަހުގައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ. މި އިންތިޚާބަށް ބަޖެޓުގައި 90 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު މިހާތަނަށް އެންމެ ބުރަކުން އިންތިޚާބު ކާމިޔާބުވެފައި ވަނީ އެންމެ ރިޔާސީ އިންތިޚާބެއްގައެވެ. އެއީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!